ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި
18 އޭޕްރީލް 2025 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ”ޚާއްޞަ ކޮމިޝަން” އެ މަނިކުފާނު އިއްޔެ އުވައިލައްވައިފިއެވެ. އެމަނިކުފާނު އިއްޔެ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ. އެ ކޮމިޝަނާ މަތިކުރެއްވީ، 18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ […]