ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރު ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވާ، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރު ހޯދައި އިޤްތިޞާދު ތަފާތުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއި...