Skip to main content
Topic Archive

#ރައީސް ނަޝީދު

268 Stories filed
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަނީ
Parliament

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ. އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި މިއަދު މެންދުރު 12:30 ހާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ...

މަޖިލީހުގެ ރައީސް، ހުޅުމާލެ ދާއިރާގެ މެންބަރަށް އިންޒާރު
Parliament

މަޖިލީހުގެ ރައީސް، ހުޅުމާލެ ދާއިރާގެ މެންބަރަށް އިންޒާރު

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒަށް އިންޒާރު ދެއްވައިފިއެވެ. ނަޝީދު، ޢަލީ ނިޔާޒަށް އިންޒާރު ދެއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މަޖިލީހުގެ މެންބަރަކު މި ނޫހާއި މިއަދު ހިއްސާކޮށްފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެކަން ހިނގާފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ ކުޑަދޮށުގައެވެ. ވީޑިއޯއިން ފެންނަނީ ނަޝީދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލްމުޣުނީގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށެވެ. މުޣުނީ ވަޑައިގަތީ ހުޅުމާލެ ދާއިރާގެ މެންބަރު...

ރިފްއަތުގެ މައްސަލަ މަޖިލީހުގެ ރައީސް ކުރިޔަށް ގެންގޮސްފައި ވަނީ ގަވާއިދާ ޚިލާފަށް: އެމްޑީޕީގެ ޕީޖީ ގްރޫޕް
Raajje

ރިފްއަތުގެ މައްސަލަ މަޖިލީހުގެ ރައީސް ކުރިޔަށް ގެންގޮސްފައި ވަނީ ގަވާއިދާ ޚިލާފަށް: އެމްޑީޕީގެ ޕީޖީ ގްރޫޕް

ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު، މަޖިލީހުގެ ތަޅުން (މަޖިލިސް ފްލޯ) މިއަދު ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު...

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން
Parliament

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސް އިބްރާޙީމް ސާލިހަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ [...

ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު
Thiladhunmathi News

ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު، އެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވުމަށް ނަޝީދު ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ނަޝީދަށް އެރަށުން މަރުޙަބާ ދެންނެވީ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަޙީދާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި، […]

ނަޝީދު މިއަދު ދިއްދޫއަށް
Raajje

ނަޝީދު މިއަދު ދިއްދޫއަށް

ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަޝ...

ނަޝީދު ވާދަކުރެއްވިޔަސް ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބުކުރުމަށް ހުރަހެއް ނެތް: ފައްޔާޟު
Raajje

ނަޝީދު ވާދަކުރެއްވިޔަސް ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބުކުރުމަށް ހުރަހެއް ނެތް: ފައްޔާޟު

ރައްޔިތުންމެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކަމުގައި ވިޔަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޟު ވިދާޅުވީ އެ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވި ބޭފުޅުންނަށް ފިޔަވަޅު ނާޅާ މަޑު ކުރެއްވީ އެކުގައި މަސައް...

ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަކުރާނެ: އީވާ
Raajje

ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަކުރާނެ: އީވާ

އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން އައު ޕާޓީއެއް އުފައްދަން ނިންމާފަވާ ކަމަށެވެ. ‘’އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ’’ އީވާ ވިދާޅުވިއެވެ.

އެކުވެރިޔާ ގެއްލި, ޕާޓީ ގެއްލި, މަޖިލީހުގެ ރައީސްކަން ވެސް ނަޝީދަށް ގެއްލެނީތަ?
Column

އެކުވެރިޔާ ގެއްލި, ޕާޓީ ގެއްލި, މަޖިލީހުގެ ރައީސްކަން ވެސް ނަޝީދަށް ގެއްލެނީތަ?

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހަތުރުވެރިކަމުގައި އެމްޑީޕީ ރީތިކޮށް ދެބައިވެއްޖެ އެވެ. ހުޅުފަޅައިގެން ގޮސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ރައީސް އިބޫ ފެކްޝަނުން ފިޔަވަޅު އަޅަން ފެށުމުން ނަޝީދު ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުން ޕާޓީން މިއަދު އަމިއްލައަށް ވަކިވީ އެވެ. ދެން އޮތީ ނަޝީދެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ފުރިހަމަ ބާރުވެރިކަމުގައި ނަޝީދު އަދި އެބަ ހުންނެވި އެވެ. އެކަމަކު މިހާރު […]

ނަޝީދު ފެކްޝަންގެ އިސްބޭފުޅުން ތަކެއް އެމްޑީޕީން ވަކިވެއްޖެ
Raajje

ނަޝީދު ފެކްޝަންގެ އިސްބޭފުޅުން ތަކެއް އެމްޑީޕީން ވަކިވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު އިސްވެ ހިންގަވާ ”ފިކުރެއްގެ ދިރުން”ގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. ނަމަވެސް ރައީސް ނަޝީދު ޕާޓީ ދޫކޮށްނުލައްވާ ކަމަށްވެއެވެ. މި ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އ...

ނަޝީދަށް ދިން ހަމަލާއަކީ ގައުމުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއް: ރާޢީ
Raajje

ނަޝީދަށް ދިން ހަމަލާއަކީ ގައުމުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއް: ރާޢީ

6 މޭ 2021 ގައި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަކީ ގައުމުގައި މިފަހުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. 6 މޭ 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާއަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ދެ އަހަރު ވެފައެވެ. ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ […]

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް
Raajje

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލުގައި ބައިވެރިވާއިރު، މުރަކައިގެ ތަޖުރިބާކަރު...

''ހަސަން ކުރުސީ'' ހޯދައިދިނުމަށް ފުލުހުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފި
Raajje

''ހަސަން ކުރުސީ'' ހޯދައިދިނުމަށް ފުލުހުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފި

”ހަސަން ކުރުސީ”ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ. މިއީ ‘ހަސަން ކުރުސީ’ ގެ ނަމުގައި ހިންގާ ޓުވިޓަ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރައި، އެކަމުގެ ސަބަބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އިންތިހާއަށް ގެއްލުންވާތީ ހުށަހެޅުއްވި ސިޓީއެކެވެ. އެހެންކަމުން ނަޝީދު އެދިވަޑައިގެންފައިވަނީ ދިވެހި ފުލުހުންގެ ހިދު...

ރައީސް ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި
Raajje

ރައީސް ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅަަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. މި އޭޕްރިލް މަހުގެ 12 އިން ފެށިގެން 17 އަށް […]

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނަޝީދު
Parliament

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނަޝީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝިދު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނިޓަރ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވާހަކަދައްކަވަމުންނެވެ. މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނ...