Skip to main content
Topic Archive

#ރައީސް ނަޝީދު

268 Stories filed
ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނީ ޔާމީނަށް: އާދަމް ޝަރީފް
Raajje

ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނީ ޔާމީނަށް: އާދަމް ޝަރީފް

މިވަގުތު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައ...

ރައީސް ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް: ނަޝީދު
Raajje

ރައީސް ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވަނީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން އެއްގޮތަަކަށް ވެސް ކަމުނުދާ ކަމަށާއި ރައްޔިތުން އެދެނީ މި ވެރިކަން ބަދަލުކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނ...

ނަޝީދު މާދަމާ ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ؟
Raajje

ނަޝީދު މާދަމާ ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ؟

”ދަ ޑިމޮކްރެޓްސް” އުފެއްދުމަށް ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް މިހާރުއަންނަނީ ކުރަމުންނެވެ. އަދި މިވަގުތާއި ހަމައަށް އޮތީ މާދަމާރޭގެ ޖަލްސާގައި ނަޝީދު، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ ޕާޓީން އެކަން ރަސްމީކޮށް އަދިހާމަނުކުރާއިރު، އެ ޕާ...

ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން
Raajje

ކޮންމެ ބަޔަކާއި ގުޅިގެން ވިޔަސް މިވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނަން: ހަސަން

ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނ...

ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް: މޭޔަރު އާތިފް
Raajje

ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް: މޭޔަރު އާތިފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ގިނަ ދިވެހިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ އުފެއްދުމުގެ ބާނީ ކަމުގައިވާ ނަޝީދު، އެ ޕާޓީ ދޫކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައެވެ. އާތިފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި އެބޭފުޅެއްގެ ފިކުރެއްގެ މައްޗަށް ރާއްޖޭގައި...

މަޖިލިސް ހުއްޓިފައި އޮތުމުން ބޮޑަށް ގެއްލުންވަނީ ރައްޔިތުންނަށް: މިއުވާން
Raajje

މަޖިލިސް ހުއްޓިފައި އޮތުމުން ބޮޑަށް ގެއްލުންވަނީ ރައްޔިތުންނަށް: މިއުވާން

މަޖިލިސް ހުއްޓިފައި އޮތުމުން ބޮޑަށް ގެއްލުންވަނީ ރައްޔިތުންނަށް ކަމަށާއި ނަޝީދު ބޭނުންފުޅުވުމުން ރައްޔިތުންގެ މަޖިލިސް ހިންގޭނެކަން މިއަދު އެމަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަޖިލިސް ހިންގަން ޖެހޭނެ ކަމަށާއި މަޖިލިސް ހުއްޓުވާފައި ބޭއްވިގެން ނުވާނެ ކަމަށެވެ. ނަޝީދު އިސްތިއުފާ ދެއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވަ...

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް
Parliament

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް ހިނގައްޖެއެވެ. މިފަހަކަށް އައިސް މިދައުރުގެ ޖަލްސާތައް ނުބޭއްވި ދުވަސްތަކެއް ދިއުމަށްފަހު މިއަދުގެ ޖަލްސާ ބާއްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ. އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގެންފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީއެވެ. މިދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށްދިޔައިރު، ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތާއި...

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން: ނަޝީދު
Raajje

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން: ނަޝީދު

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދާއިރު، ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވިޔަސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސް ސާލިހު...

ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފި
Raajje

ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ. އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައް...

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން: އަސްލަމް
Parliament

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެގުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް...

ރިޔާސީ އިންތިހާބަށްފަހު، ރައީސް ސާލިހުގެ "ކަސްތޮޅު"ގައި އެމްޑީޕީ ނޯންނާނެ: ނަޝީދު
Raajje

ރިޔާސީ އިންތިހާބަށްފަހު، ރައީސް ސާލިހުގެ "ކަސްތޮޅު"ގައި އެމްޑީޕީ ނޯންނާނެ: ނަޝީދު

އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް ސާލިހުގެ ކަސްތޮޅުގައި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށާއި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ގައި މިހުންނަވ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ "ސިޓީ ހޮޓްލައިން 1621" އިފްތިތާހު ކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ "ސިޓީ ހޮޓްލައިން 1621" އިފްތިތާހު ކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ “ސިޓީ ހޮޓްލައިން” އިފްތިތާހު ކޮށްފިއެވެ. މި ހޮޓްލައިން އިފްތިތާހު ކޮށްދެއްވީ އެ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި އިފްތިތާހުކޮށްފައިވާ “ސިޓީ ހޮޓްލައިން” ނަމްބަރަކީ 1621 އެވެ. އެކި ޚިދުމަތްތައް ހޯދުމަށާއި މައުލޫމާތު ސާފުކުރެއްވުމަށް މި ހޮޓްލައިން މިހާރުބޭނުން ކުރެވޭނެ ކަމަށާއި މި ހޮޓްލައިން ގެ ބޭނުމަކީ ކައުންސިލާ މުއ...

ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން: ނަޝީދު
Thiladhunmathi News

ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން: ނަޝީދު

ހދ. ކުޅުދުއްފުށީ ސިޓީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ސިޓީ ކައުންސިލެއް އެކުގައި ވެރިކަން ކުރާ ޕާޓީއަކުން ވަކިވާ ހާދިސާ އެއީ...

ސިޓީ ކައުންސިލް އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތަށް ނަޝީދު ކުޅުދުއްފުއްޓަށް
Thiladhunmathi News

ސިޓީ ކައުންސިލް އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތަށް ނަޝީދު ކުޅުދުއްފުއްޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހދ. ކުުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ކުޅުދުއްފުށި ސިޓީގެ ޑިޕިއުޓީ މޭޔަރު އަލީ އަހްމަދު ‘ތިލަދުން’ އަށް ވިދާޅުވީ ރައީސް ނަޝީދު މިއަދު ހަވީރުގެ ފްލައިޓުން އެ ސިޓީއަށް ވަޑައިގަތީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ދައުވަތަކަށް ކަމަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 2 އަހަރު ފުރުމ...

ރިޔާސަތު ބެލެހެއްޓުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ސިޓީފުޅެއް!
Parliament

ރިޔާސަތު ބެލެހެއްޓުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ސިޓީފުޅެއް!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވައިފިއެވެ. އެ ސިޓީފުޅުގައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ، ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއި ކުރައްވާ ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށ...