Skip to main content
Topic Archive

#ރައީސް ނަޝީދު

268 Stories filed
މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި
Raajje

މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މޭ 6ގެ ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުންގެ އިދާރާގެ ފަރާތުން 4 މީހެއްގެ މައްޗަށް […]

ބަރުލަމާނީ ނިޒާމަކަށް، ރާއްޖެއަކު ޖާގައެއް ނެތް "ވަރަށް ސާފު": ރައީސް މައުމޫން
Raajje

ބަރުލަމާނީ ނިޒާމަކަށް، ރާއްޖެއަކު ޖާގައެއް ނެތް "ވަރަށް ސާފު": ރައީސް މައުމޫން

ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތްކަމަށާއި އެއީ ވަރަށް ސާފު މައްސަލައެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިހެން ވިދާލުވީ، ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ނެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖ...

ރައީސް ނަޝީދަށް ޖަވާބު ނުދެވި 7862 މެސެޖް
Raajje

ރައީސް ނަޝީދަށް ޖަވާބު ނުދެވި 7862 މެސެޖް

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ފޯނު ބޭނުން ކުރަން ފަށާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ރައީސް ނަޝީދު ކުރައްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނު މިއަދު ފޯނު ބޭނުން ކުރަން ފަށައިފި ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ފޯނުގައި ޖަވާބުނުދެވި 7862 (ހަތްހާސް އަށްސަތޭކް ފަސްދޮޅަސް ދެއެއް) މެސެޖް ވާކަމަށާއި، އެ ހުރިހާ މެސެޖެއް މިހާރު ކިޔާފައިވާކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުވަނީ […]

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު
Thiladhunmathi News

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރުކަމުގައިވާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އާއި ހދ.  ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުލަބްހައުސް މެދުވެރިކޮން ކުރިއަށްދާ ”އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވިދާޅުވީ ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށ...

ހަމަލާގެ ތަހުގީގަށް ރައީސް ކަނޑައެޅުއްވި މަންދޫބު މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި
Raajje

ހަމަލާގެ ތަހުގީގަށް ރައީސް ކަނޑައެޅުއްވި މަންދޫބު މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ. ތަހުގީގުގެ ކަންކަން ބެލުމަށް ރައީސް ކަނޑައަޅުއްވާ މަންދޫބަކަށް އައްބާސް ފާއިޒް ކަނޑައެޅުއްވީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އައްބާސް ފާއިޒު މަޖިލީހުގެ ނައިބުރައީސް އާ ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސ...

ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ: ލަތީފް
Raajje

ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ: ލަތީފް

ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ބޭނުން އެއްޗެއް ވިދާޅުވެވޭނަމަ، އެހެން މީހުނަށްވެސް އެގޮތަށް ވާހަކަ ދެއްކޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާއި، އެމްޑީޕީ...

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއިގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުން ދަނީ، ފުލުހުންނާއި ސިފައިންނާއި […]

ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤު ގާތުން ބެއްލެވުމަށް، ރައީސްގެ މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް
Raajje

ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤު ގާތުން ބެއްލެވުމަށް، ރައީސްގެ މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް

ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީ...

ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު އަނިޔާ ފެންނަ ފޮޓޯތަކެއް މަޖިލީހުން އާއްމުކޮށްފި
Raajje

ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު އަނިޔާ ފެންނަ ފޮޓޯތަކެއް މަޖިލީހުން އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ދައްކައިދޭ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުން އާއްމު ކޮށްފިއެވެ. މަޖިލީހުގެ ރަސްމީ ޓުވިޓަރ މެދުވެރިކޮށް މި ފޮޓޯތައް އާއްމު ކުރަމުން ވިދާޅުވެފައި ވަނީ މިފޮޓޯތައް އާންމުކޮށްފައިވަނީ އެމަނިކުިފާނުގެ އިޒުނަފުޅާއެކު ކަމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން މަޖީދީ މަގަށް ނުކުމެވަ...

ހަމަލާދިން އަދުހަމް ހުރީ ބޮމުގެ ރިމޯޓު ހިފައިގެން މަގުމައްޗަށް ބަލަން!
Raajje

ހަމަލާދިން އަދުހަމް ހުރީ ބޮމުގެ ރިމޯޓު ހިފައިގެން މަގުމައްޗަށް ބަލަން!

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ދިންހަމަލާގައި، ބޮންގޮށްވާލި ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހްމަދު ރަޝީދު އެހަމާލާދިނުމަށް ތައްޔާރުވެހުރެ ހަމަލާދިން ވީޑިއޯ މިއަދު ފުލުހުން އާންމުކޮށްފިއެވެ. އެހަމަލާއިގުޅޭ އިތުރު ތަފްސީލް ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އަދުހަމް ހުރީ ބޮމުގެ ރިމޯޓް އަތަށް ލައިގެން ނެވެ. އަދ...

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި
Raajje

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯ ދައްކައި އެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ. ހަމަލާދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑިވައިސް ގޮއްވާލަނީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، އެ ޑިވައިސްއާއި އަރާ ހަމަވުމުންނެވެ. އެ ގޮވުމުން އުފެދުނު ދުމުގެ ސަބަބުން ރައީސް ނަޝީދު ނުވެސް ފެނެއެވެ. އެ ޑިވައިސް ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ […]

ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރު ވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައި!
Raajje

ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރު ވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައި!

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި، އެ މަނިކުފާނުގެ ގަޔަށް ވަތް ދަގަނޑު އެތިކޮޅު ހުރީ ރައީސް ނަޝީދުގެ ހަތަރުވަނަ ރިބްގައި ޖެހި ފުނޑުފުނޑުވެފައިކަމަށާއި، އެއަށްވުރެ ތިރިއަށް އެ އެތޮކުޅުތައް ވަތްނަމަ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވީސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. އެމަނިކުފަނުގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޭޑީކޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ...

ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިއްޖެ
Raajje

ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިއްޖެ

މި ހިނގާ މެއި މަހުގެ 6 ވަނަ ދުވަހު، ގ. ކެނެރީގެ ކައިރީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ. މިއަދު ފުހުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ނިރުބަވެރި ހަމަލާ ދިނުމުގައި ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު، ފޮޓޯ، ވީޑިއޯ އަދި ރަސްމީ ލިޔެކިޔުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި، މައުލޫމާތުދޭ ފަރާތްތަކުގެ މައު...

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު މިއަދު ފުލުހުން ދޭ ނޫސްކޮންފަރެންސެއްގައި ހާމަކުރަށްވާނެ ކަމަށެވެ. އެ ނޫސްކޮންފަރެންސް ތާވަލުކޮށްފަ ވަނީ މިއަދު 15:50 އަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން […]

ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭ: ފުލުހުން
Raajje

ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭ: ފުލުހުން

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ގުޅިގެން އެ ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކު ދެނެގަނެވިފަވާ ކަަމަށެވެ. ސީޕީ ވިދާޅުވީ، އެ […]