Skip to main content
Topic Archive

#ރައީސް ނަޝީދު

268 Stories filed
6 މެއި ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: މަޖިލިސް
Raajje

6 މެއި ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: މަޖިލިސް

6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް ރައްޔިތުންގެ މަޖިިލިސްއިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް އެއްއަހަރު ފުރުމާ ގުޅޭގޮތުން އެ އިދާރާއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، 6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ. އެ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓ...

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ
Raajje

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތް ވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން އެމްޑީޕީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން […]

މެއި 6 ގެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާމެދު އަހަންމިއްޔަތުކަން ދީފައި ނުވާތީ ކަންބޮޑުވޭ: ނަޝީދުގެ ޢާއިލާ
Raajje

މެއި 6 ގެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާމެދު އަހަންމިއްޔަތުކަން ދީފައި ނުވާތީ ކަންބޮޑުވޭ: ނަޝީދުގެ ޢާއިލާ

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގު ފުޅާކޮށް ދިނުމަށް ރައީސް ނަޝީދުގެ ޢާއިލާއިން އެދިއްޖެއެވެ. ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން ރައީސް ނަޝީދުގެ ޢާއިލާއިން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސްބަޔާނުގައި ރައީސް ނަޝީދުގެ ޢާއިލާއިން ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނު ހިނދުވެސް، އެ މައްސަލައިގައި […]

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް
Raajje

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާވާ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮން...

އެމްޑީޕީއަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުން: ނަޝީދު
Raajje

އެމްޑީޕީއަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުން: ނަޝީދު

މިވަގު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު ގޮތަކީ “ފެތެމުންދާ” ސަރުކާރާއެކީ ޕާޓީ ނުފެތުންކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ. ބޯމަތިވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅިގެން އެ ޕާޓީ ދެ ފަޅިއަކަށް ބައިވެފައިވާއިރު، އެ އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި ފޯރީގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް […]

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި
Raajje

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް” ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ.  މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ. “އަހަރު ދެކ...

ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު
Thiladhunmathi News

ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު

ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ...

މޭ 6 ހަމަލާ: އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް
Raajje

މޭ 6 ހަމަލާ: އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި  ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ […]

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
Raajje

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ދެރައީސުން ވަނީ “ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ” މަޝްވަރާގެ އިތުރުން ބައެއް އެހެން ކަންކަމާވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. “ރައްޔިތުންގެ މަޖިލީހުގެ ރައީސް...

ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި
Raajje

ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި އިސްމާއިލް ޔާސިފް 40، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވެސް އޭނާ މަރުގެ އިންޒާރު ދީފިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިންޒާރުދިން މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާ އޭނާގެ މައްޗަށް މިހާރު ވަނީ އެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޖަލު ހުކުމް އިއްވުމުން ވެސް އޭނާ ވަނީ އިންޒާރު ތަކުރާރުކޮށް، ރައީސް ނަޝީދު […]

މޭ 6 ހަމަލާ: އިތުރު 3 މީހަކަށް ދައުވާކޮށްފި
Raajje

މޭ 6 ހަމަލާ: އިތުރު 3 މީހަކަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ދައުވާ ކޮށްފިި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، މިއަދު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގަށެވެ. […]

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި
Raajje

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ޖަލަށް ލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ މަރާލާނެ ކަމަށް އިންޒާރުދިން މީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ. އެމީހާ ހައްޔަރުކުރީ އިއްޔެ ރ. މީދޫއިންނެވެ. ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މައްސަލާގައި 15 ދުވަހަށް ބަންދުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. “އިސްމާއިލް ޔާސިފް” ނަމަކަށް ކިޔާ އެކައުންޓަކުން ރައީސް […]

ނަޝީދަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
Raajje

ނަޝީދަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މީސް މީޑީއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ” ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައި ވަނީ ރ. މީދޫ އިން ” ފުލުހުން ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަށް [...

ރައީސް ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް
Raajje

ރައީސް ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް

މޭ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލާގައި އެމަނިކުފާނުގެ ބަޔާނެއް މުހިންމު ކަމަށް ޕްރޮސެކިއޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާތީ، އެކަމަށްޓަކާ އެމަނިކިފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައިފިއެވެ. ރައީސް ނަޝީދުގެ ފަރާތުން ވަކީލަކަށް ނާޒިމް ހަމަޖެއްސެވިކަން އެމަނިކުފާނު މިހާރުވަނީ ސިޓީއަކުން ޕީޖީ އޮފީހަށް ވެސް އަންގަވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ، މި މައްސަލާގައި އެމަނިކުފާނ...

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ
Raajje

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ފުލުހުން ވިދާޅުވީ، މި ބައްދަލުވުން ފެށޭނީ މިރޭ 20:40 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދަށް […...