Skip to main content
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް
Raajje

މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންގޮސް ނިންމަން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަ...

ރައީސް، ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުތައް ކަނޑައަޅުއްވައިފި
Raajje

ރައީސް، ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުތައް ކަނޑައަޅުއްވައިފި

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެކަމާއިބެހޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ހުށަހަޅުއްވާފައިވާ ކަރުދަހާމެދު ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުއެވެ. އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަންކަމުގެ ތެރޭ...

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި
Raajje

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްވިކަން މިއަދު ރަސްމީކޮށް ޢިއުލާންކޮށްފިއެވެ. ރައީސް މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައެވެ. ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް […]

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް
Raajje

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި،  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި މަސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން މި ސިލްސިލާ...

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި
Raajje

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި، އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ، އެ ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ރައީސް މުޢިއްޒު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް، ޕީއެންސީގެ ވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީ...

އުޝާމް ވެސް އަލުން އޭޖީކަމަށް ޢައްޔަނުކޮށްފި
Raajje

އުޝާމް ވެސް އަލުން އޭޖީކަމަށް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބު އަހްމަދު އުޝާމް އަލުން ބަންޑާރަނައިބުކަމުގެ މަޤާމަށް މިއަދު  ޢައްޔަނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ބަންޑާރަނައިބުކަމަށް އުޝާމް ޢައްޔަނުކުރައްވައި، ރައީސް މުޢިއްޒު ވަނީ އޭނާ އަށް މަޤާމުގެ ފަތްކޮޅު  އަރުވާފައެވެ. މީގެ އިތުރުން ބަންޑާރަނައިބު އުޝާމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާގޮތުގެ މަތީން އެ ކޮމިޝަންގެ މެންބަރުކަމަށް ވެސް ޢައްޔަނުކުރައްވާފައެވެ. ބަންޑާަރަނައިބުކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބ...

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް ހައިދަރު ޢައްޔަނުކުރައްވައިފި
Raajje

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް ހައިދަރު ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު  ޑރ. ޢަލީ ހައިދަރު އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. ހައިދަރު އެ މަގާމަށް ޢައްޔަނުކުރައްވައި ރައީސް މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އޭނާ އަށް އަރުވާފައެވެ. މިއަދު ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު […]

އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި
Raajje

އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި
Raajje

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް
Raajje

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ...

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި
Raajje

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ރާއްޖެއިން ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފިއެވެ. އެ މަސައްކަތުގެ އަދާހަމަކުރަމުން އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖެއާ ދެކޮޅަށް [...

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި
Raajje

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މާލޭގެ ސަލްޓަންޕާކުގައެވެ. މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ […]

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް
Raajje

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމެއް ހައްލުކޮށް ދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ވާނީ […]

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!
Raajje

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!

އެމަނިކުފާނާއި ކެބިނެޓްގެ ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވަވައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަނ...