ކުވޭތުގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ
ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދު އެވެ. މިކަމުގެ ހިތާމާގައި 17 ޑިސެންބަރު 2023 އިން ފެށިގެން 19 ޑިސެންބަރު 2023 އަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު […]