ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މާލޭގެ ސަލްޓަންޕާކުގައެވެ. މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ […]