Skip to main content
Topic Archive

#ރައީސް އޮފީސް

465 Stories filed
މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި
Raajje

މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި

ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ ދެ ވިސާއެއް އިތުރުކުރި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2007) އަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވިސާއަކީ، މީޓިންގ ވިސާއާއި، ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން މި ވިސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ. މީޓިންގ ވިސާއަކީ، ކޮންޓ...

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އީސީގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަމަށްކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު މިމިހުގެ 30ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އެކ...

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް އެދިވަޑައިގެންފި
Raajje

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް އެދިވަޑައިގެންފި

އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގަތީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ތަޢުލީމާ ގުޅޭ މަހާސިންތާ، ”އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ” އިފްތިތާޙު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަ ފުޅުގައެވެ. ވަރޗުއަލްކޮށް އިއްޔެ ހެނދުނ...

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ދިވެހި ސަރުކާރު
Raajje

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ދިވެހި ސަރުކާރު

ދިވެހި ސަރުކާރުން، ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ. އަދި މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ […]

ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަ...

ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ
Raajje

ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މާދަމާ ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށެވެ. ރައީސް ޤައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހާއި ގ...

އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރަނީ
Raajje

އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރަނީ

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސް ޞާލިޙް އިޢުލާނުކުރައްވާފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓ...

ތަނބުރުދޫ ހިމެނޭގޮތަށް ތަނބުރުދޫ ތިލަ ސަރަޙައްދުވެސް ހިމާޔަތްކޮށްފި
Raajje

ތަނބުރުދޫ ހިމެނޭގޮތަށް ތަނބުރުދޫ ތިލަ ސަރަޙައްދުވެސް ހިމާޔަތްކޮށްފި

ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ މިއަދު މެންދުރުފަހު އޮ...

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
Raajje

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2020 ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އ...

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި
Raajje

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

މިއަދު ފާހަގަ ކުރެވެމުންދާ، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި އެވެ. މި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި މި...

ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުން މުހިންމު: ނައިބު ރައީސް
Raajje

ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުން މުހިންމު: ނައިބު ރައީސް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކާއި ބައްދަލުކުރައްވައި، މަޝްވަރާކުރެއް ވުމަށް މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެވެ. މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ...

ރައީސް ޞާލިޙް ކުވައިތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެއްޖެ
Raajje

ރައީސް ޞާލިޙް ކުވައިތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ޝައިޚް ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ކުވޭތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެ ރައީސް ޞާލިޙް ފޮނުއްވެވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ރައީސް ޞާލިޙްގެ އެ މެސެޖުގައި އިތުރަށް ވިދާޅުވެފައި...

އަޚްލާޤީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް
Raajje

އަޚްލާޤީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް

މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިއެކު އިއްޔެ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ހަވީރު...

ކާގޯ ފެރީއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް
Raajje

ކާގޯ ފެރީއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި އެ ފެރީ ބަނދަރު ކުރީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. “މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ އެވެ،” ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ޞާލިޙް ކުރެއ...

ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ބިލު ތަޞްދީޤު ކުރަށްވައިފި
Raajje

ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ބިލު ތަޞްދީޤު ކުރަށްވައިފި

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ވަޒީފާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 02/2008) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފ...