Skip to main content
Topic Archive

#ށ. އަތޮޅު ހޮސްޕިޓަލް

51 Stories filed
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ
Thiladhunmathi News

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު […]

ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން  ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނ...

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކުރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރަށްވައެވެ. މި އިމާރަތް ނިމުމުން ށ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތާއި، އިތުރު އޯޕީޑީ ރޫމްތަކާއި، ޕަބްލިކު ހެލްތު ޔުނިޓާއި އަދި ހެލްތު އެޑިއުކޭޝަން ދިނުމަށް ހޯލެއް ޤާއި...

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […]

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
Thiladhunmathi News

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […]

އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ދަނީ ފެންނަމުން:  ސަރުކާރުން
Raajje

އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ދަނީ ފެންނަމުން: ސަރުކާރުން

އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ. މިގޮތުން ސަރުކާރުގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލަކީ މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށެވެ. އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ […]

ށ. އަތޮޅު ހޮސްޕިޓަލުގައި އަނެއްކާވެސް ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގައި އަނެއްކާވެސް ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި އަނެއްކާވެސް ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. އެ ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ގައިނޮކޮލޮޖީއާއި ގުޅޭ ބޮޑު މިި ސާޖަރީއަކީ ވަރަށް އުނދަގޫ ސާޖަރީއެކެވެ. އެހެންނަމަވެސް، “ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއީ މި ސާޖަރީ އެ ހޮސްޕިޓަލުގައި ހެދި 2 ވަނަ ފަހަރެވެ. ސިއްހީ ލިއުންތަކުގައި ވާގޮތުން، “ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ” އަކީ އަންހެނާގެ...

ށ. އަތޮޅު ހޮސްޕިޓަލްގެ "ސްޓާފް ހެލްތު ޗެލެންޖް" ފަށަނީ
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގެ "ސްޓާފް ހެލްތު ޗެލެންޖް" ފަށަނީ

“ސްޓާފް ހެލްތު ޗެލެންޖް” ގެ ނަމުގައި ށ. އަތޮޅު ހޮސްޕިޓަލުން ހަރަކާތެއް ފަށަން ނިންމައިފި އެވެ. މި ހަރަކާތަކީ “ކެންސަރ އެވެއަރނެސް” މަސް ކަމަށްވާ އަންނަ އޮކްޓޯބަރު މަހާ ދިމާކޮށް އެ ހޮސްޕިޓަލުން ފަށަން ހަމަޖެހިފާވާ ހަރަކާތެކެވެ. ށ. އަތޮޅު ހޮސްޕިޓަލުން އާންމުކުރެއްވި ގޮތުގައި “ސްޓާފް ހެލްތު ޗެލެންޖް” ގެ ފުރަތަމަ ސީޒަން އަމާޒުކުރެވިފާވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ހަފްތާއެކު 5 ދުވަހު 30 މިނަޓު ހިނގުން ނުވަތަ […]

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް
Thiladhunmathi News

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް

ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ. އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ. މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި […]

ޕޮޒިޓިވް އަންހެންމީހާގެ ސިޒޭރިއަން ކާމިޔާބު
Thiladhunmathi News

ޕޮޒިޓިވް އަންހެންމީހާގެ ސިޒޭރިއަން ކާމިޔާބު

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި މިރޭ ސިޒޭރިއަންހެދި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހާގެ ސިޒޭރިއަން ކާމިޔާބު ކަމަށާއި، ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. މައުލޫމާތު ގޯސްނޫންނަމަ މިއީ، އަތޮޅުތަކުގެ ފެސިލިޓީއެއްގަ މިގޮތަށް މެނޭޖުކުރި ފުރަތަމަ ކޭހެވެ. އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހުނީ ސިޒޭރިއަންއެއް ހަދާށެވެ. އެއަންހެން މީހާއާއި އޭނާގެ ފިރިމީހާ ފުނަދޫއަށް ދަތުރުކުރީ...

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ
Thiladhunmathi News

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހެއް ކޯވިޑް ނަވާރައަށް ޕޮޒިޓިވްވެއްޖެއެވެ. އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހެނީ ސިޒޭރިއަންއެއް ހަދާށެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ މިއަދު ސިޒޭރިއަންއަށް ވެއްދުމުގެ ކުރިން ކޯވިޑަށް ޓެސްޓް ކުރުމުން ކަމަށެވެ. “އޭނާ ޅައިމަގުގަ ހޯމް ކަރަންޓީނުގައި ހުރެފަ […]

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި

ށ. ފުނަދޫގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވުމުން އެރަށް މޮނިޓަރިން ހާލަތުން މިރޭ ވީއްލައިފިއެވެ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައީ، އެރަށު ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން އެރޭ 23:04 ގައެވެ. ޕޮޒިޓިވްވި ބިދޭސީންނަކީ ކަރަންޓީނު މުއަދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި ބައެއް ނަމަވެސް، އެރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވްވި މީހުން ކަރަންޓީނު އުސޫލާ […]

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ
Thiladhunmathi News

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވުމާއެކު އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ފުނަދޫފައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލިއުޅޭ މިންވަރު ދެނެގަތުމަށް […]