ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
ށ. ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ. 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އަށެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކު...