ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ
ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...