''ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ކުޑަ، އަގުބޮޑު ހިނދުކޮޅެއް''
ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ކުޑަ، އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަންދާން ކޮށްދީފިއެވެ. “މިއީ ހަޔާތުގެ އެންމެފަހު ރަމަޟާންމަހަށް ވެދާނެއެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ އޭގެ އަގު ވަޒަން ކުރެވޭނީ އެ ފުރުސަތުން މަހްރޫމުވާނެ ވަގުތުކަމުގައިވާ މަރު އަހަރުމެންނާ ބައްދަލު ކުރުމުން ކަމަށެވެ. ޚުތުބާގައި ބުނީ އެހިނދު، ހެޔޮކަމުގެ ފުރުސަތަކަށް އެދި އިންސާނާ އާދޭސް ދަންނަވާނެ ކަމަށާއި އެދުވަހުން ތައުބާވެ، ނަމާދުކޮށް، ސަދަ...