"ދޮގު ޚަބަރު ފެތުރުމަކީ ހައްގު އޮޅުވާލުން"
ދޮގު ޚަބަރު ފެތުރުމަކީ ހައްގު އޮޅުވާލުން ކަމަށާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވައިލައްވާ ހުތުބާގައި ވަނީ މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއްކަން ވެސް ހަނދުމަކޮށްދީފައެވެ. މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވ...