Skip to main content
Topic Archive

#ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

101 Stories filed
ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ
Thiladhunmathi News

ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ

މިއަންނަ އަހަރު ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ އެއާޕޯޓުތަކެއް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން މި އެއާޕޯޓުތައް ތަރައްޤީކުރެވިގެން ދާނެކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަރނޭޝ...

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ
Thiladhunmathi News

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ

ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގެ އެއްވެސް މިންވަރެއް، 2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައެޅި ބަޖެޓުގައި ހިމަނާފައި ނުވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުވާލަކު 5 ފްލައިޓް އޮޕަރޭޓު ކުރާ އެއާޕޯޓެކެވެ. އަދި މިހާރު ޓްރެވެންޑްރަމް އަދި ކޮޗިން އަށް ހަނިމާދޫ އެއާޕޯޓުން ދަތުރު ކުރެއެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިއެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި އޮތް ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓެވެ. ދާދި ފަހުން ކޮޗިން އަށް ދަތުރު ތައް ފަށާފައިވާ މި […]

ހަނިމާދޫ މެޓް އޮފީސް މުވައްޒަފުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރި މައްސަލަ ބަލަނީ
Thiladhunmathi News

ހަނިމާދޫ މެޓް އޮފީސް މުވައްޒަފުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރި މައްސަލަ ބަލަނީ

ހދ. ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާ ހަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހަނިމާދޫގައ...

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި
Thiladhunmathi News

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ތިލަދުންމަތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ. ކޮޗިން ދަތުރުތައް ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ...

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް
Thiladhunmathi News

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްއަށް އުޅޭއިރު އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތު...

Thiladhunmathi News

ހަނިމާދޫ - ކޮޗިން ދަތުރުތައް އަންނަ މަހު 27 ގައި ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި ކޮޗިންއާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ މަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށް އިއުލަނު ކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ 27 ގައި ދަތުރުތައް ފެށުމާއެކު، ހަފްތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށެވެ. އަދި ދެކޮޅު ދަތުރައް ފެއަރ ގަައި ޓިކެޓު ވިއްކަނީ 199 ޑޮލަރު(3068.58 ރުފިޔާ) އަށް ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ މީގެ ކުރިން ވިދާޅުވީ އިންޑިއާގެ މާކެޓް […]

Thiladhunmathi News

ކުޅުދުއްފުށީ އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބައެއް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސަރަޙައްދީ އެއަރޕޯޓުތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮންނަ ރީޖަނަލް އެއަރޕޯޓްސް އިން އިއްޔެ، މި ވަޒީފާތަކަށް ވަނީ ވަކި ވަކިން ހުޅުވާލާފައެވެ. ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ކުޅުދުއްފުށީ އެއަރޕޯޓުގެ ޑިރެކްޓަރުގެ މަޤާމުވެސް ހިމެނެއެވެ. މީގެއިތުރުން، އެއެއަރޕޯޓުގެ އެކައުންޓްސް އޮފިސަރުގެ މަޤާމަށާއި އެސިސްޓަންޓް ފަޔަރ ފައިޓަރުގެ މަޤާމަ...

ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި
Thiladhunmathi News

ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފިއެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން [...

ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލް!
Thiladhunmathi News

ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލް!

ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލްކޮށްފިއެވެ. މޯލްޑިވިއަން އެއާރލައިން އިން ބުނީ “‏މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަންކަމަށެވެ. ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ،...

ޓްރެވެންޑްރަމުން ހަނިމާދުއަށް ދަތުރުކުރި ފްލައިޓެއް ނުޖެއްސި، ވެލާނާއަށް
Thiladhunmathi News

ޓްރެވެންޑްރަމުން ހަނިމާދުއަށް ދަތުރުކުރި ފްލައިޓެއް ނުޖެއްސި، ވެލާނާއަށް

އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު އެންމެ ފަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސައިފި އެވެ. ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރި މި ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންވަނީ އެމީހުންގެ އެ ތަޖުރިބާ “ކުޅުދުއްފުށި އޮންލައިން” އާ ހިއްސާކޮށްފައެވެ. އޭނާ ބުނީ އޭނާގެ އަންހެނުންނާއި 1 އަހަރުގެ ކުޑަ ދަރިފ...

ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ
Thiladhunmathi News

ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ

ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަންއިން ބުނީ ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ކުރިއަށް އޮތް މަހެއްހައި ދުވަސްތެރޭ މި ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ. އަދި މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ބޭސް ފަރުވާއަށްދާ ދިވެހިންނަށް ފަސޭހަ ގޮތްތަށް ފަހި ކުރުން ކަމަށާއި އިންޑިއާގެ ފަތުރުވެރިކަން ރާއްޖެއަށް ފުޅާކު...