ކުޅުދުއްފުށި ސިޓީގެ ކާފިއު އުވާލައިފި
މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޮވިޑް19ގެ ކޭސްތައް ފެނުމާ ގުޅިގެން ހދ.ކުޅުދުއްފުށި ސިޓީގައި އިއުލާންކުރި ކާފިއު އުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، މިއަދުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށާއި ނަމަވެސް ކުޅުދުއްފުށި އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމުން ކައުންސިލުގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމަކަށް ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް އެދޭ ކަމަށާއި ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ […]