Skip to main content
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް އަޅައި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ހދ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓ...

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ
Raajje

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރަ...

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް
Thiladhunmathi News

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ
Thiladhunmathi News

ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ

ހދ. ހަނިމާދޫ ފެން ޕުލާޓުގެ ސްޓޯރު ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ހަނިމާދޫ ފެނަކަ ބުރާންޗުން މިއަދު ބުނެފިއެވެ. އެ ބުރާންޗުގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަނިމާދޫ ބުރާންޗްގައި ފެނުގެ ޙިދުމަތް ފޯރުކޮއްދިނުމަށް ބޭނުންކުރަމުންދާ ފެން ޕުލާޓުން ފެން އުފައްދާ ވަރަށްވުރެން ގިނައިން ބޭނުން ކުއަންނަކަމަށެވެ. އެހެންވެ ސްޓޯރު ޓޭންކު ހުސްވާތީ ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެ...

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން
Thiladhunmathi News

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައި ވަނީ އެންމެ 3 މީހުންނެވެ. 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި، ރައްޔިތު ބައްދަލުވުން އޮންނާނެކަން އެ ކައުންސުލުން އިއުލާން ކޮށްފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވަނީ ރައްޔިތު ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލަށް ލިބޭ އަމްދަނީ އިން ކުރާ […]

ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި
Thiladhunmathi News

ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި

ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް...

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ފުރިހަމަކުރި އިލްހާމް މޫސާ/ ހދ.ހަނިމާދޫގެ އިސްނެންގެވުމުގެ މަތީން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި، ހަނިމާދޫ ޕޮލިސް ގުޅިގެން އަދި ހަނިމާދޫ ސްކޫލުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 41 ބައިވެރިންނާއިއެކު މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮ...

އިސް ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި
Thiladhunmathi News

އިސް ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން، އިސް ދަނޑުވެރިންނަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ މެޕްގެ ދަށުން ނަމޫނާ ގްރީންހައުސްތައް ޤާއިމުކުރާ ރަށްރަށުގައި ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވައި ތަމްރީނު ކުރުމަށް ފެށިފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 28 ބައިވެރިންނާއިއެކު މި ފެށުނު ތަމްރީނުގައި 18 ދަނޑުވެރިންނާއި މިނިސްޓްރީ...

ފުރަތަމަ މެރަތަން، ކާމިޔާބީގެ އަސްލަކީ ކެރުމާއި ހިތްވަރާއި އަޒުމް
Thiladhunmathi News

ފުރަތަމަ މެރަތަން، ކާމިޔާބީގެ އަސްލަކީ ކެރުމާއި ހިތްވަރާއި އަޒުމް

ދުވުމަކީ ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް އޮންނަ ކަމެއް ނަމަވެސް، 42.2 ކިލޯ މީޓަރު ދުވެ، މެރަތަން އެއް ފުރިހަމަ ކުރުމަކީ، ދުވަހަކު ވެސް ކުރަން ވިސްނާފައި އޮތްކަމެއް ނޫނެވެ. އެކުވެރިންގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާއިރު ތަފާތު މިޒާޖުގެ މީހުން ތިބިއިރު، އެކުވެރިންނާއިއެކު ކޮފީތަކަށްގޮސް ހިއްސާކުރެވޭ ވާހަކަތަކުގެ ތެރޭގައި، އެއް އެކުވެރިއަކު ވަރަށް ގިނައިންބުނާ ވާހަކައެއް އޮވެއެވެ. “އިންޓަނޭޝަނަލް މެރަތަން އެއްގައި ދުވުމަކީ ވަރަށް ބޮޑު ޑްރީމެއް” ކަމަށެވެ. އެކަމަށް މާބޮޑު ސަމާލުކ...

ޗެމްޕިއަން ޓީމަށް ލައްކައެއް، ހަނިމާދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ޗެމްޕިއަން ޓީމަށް ލައްކައެއް، ހަނިމާދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހަނިމާދޫ ކައުންސިލް ކަޕް 2025” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އޮކްޓޯބަރ 22 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ބައިވެރިވުމުގެ ކަންކަން ނިންމުމަށް އެ ކައުންސިލުން އެދެއެވެ. މި މުބާރާތް ހުޅުވާލާފައިވަނީ ހަނިމާދޫގައި އުފައްދާފައިވާ ޓީމްތަކަށާއި،...

ހަނިމާދޫ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ހަނިމާދޫ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެރަށު ބަނދަރުގެ ދެކުނުފަރާތު އަތިރިމަތީގައި ތަރައްގީކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަން ނިންމައި އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހު 11:30 ގައި ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނަ މައުލޫމާދު ސެޝަންގައި ބައި...

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް
Thiladhunmathi News

ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ ދަރަޖައަށް

ހދ.ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ މިހާރު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމުގައި، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެއްޖެއެވެ. މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އަބްދުލްސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫގެ ބަނދަރުގެ އުތުރުފަރާތުގެ ގޮނޑުދޮށް ގިރުމަކީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި ދިމާވަމުން އަންނަ ކަމެއް ނަމަވެސް މި އަހަރު އެ ސަރަހައްދު އާދަޔާ ހިލާފަށް ބޮޑަށް ގިރަމުން އަންނަ ކަމަށެވެ. އެތަނުގެ ހާލަތު މިވަގުތު އޮތްގޮތް ސިފަކޮށްދެ...

މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް
Thiladhunmathi News

މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް

މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ. މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ...

ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ކައުންސިލުން ހިލޭ ހިންގާ ކުރު ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ހިންގާ ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖުމްލަ ނުވަ ކޯހެއްގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، މި ހުރިހާ ކޯހެއްވެސް ކުރިއަށް ގެންދަނީ ހަތް ދުވަހުގެ މުއްދަތަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯސްތަކުގެ މައުލޫމާތު ޅެންހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރު...

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް
Thiladhunmathi News

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބޮޑީއެއް ކަމަށާއި އަދި އެއީ ވަކިން ހިންގާ ވަކި ފެކްޝަނެއްކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ. ފިރާގް މިހެން ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ޤުރްއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި އަތޮޅު ކައުންސިލުން ކުރި ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ހަނިމާދޫ ކެތިއަރާ ޖަމިއްޔާއަށް ދިން ޖަވާބު ފޭސްބުކްގައި ހިއްސާ ކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފިރާގު […]