ކޯވިޑްގެ ހާލަތު ގޯސްވެ ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި
ކޯވިޑް-19ގެ ހާލަތު ގޯސްވެ، ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ. މިމަހުގެ 5 ވަނަ ދުވަހު ހަނިމާދޫން ކޯވިޑްކޭހެއް ފެނުނުފަހުން، ފާއިތުވި 7 ދުވަހުގެ ތެރޭގައި އެރަށުން ވަނީ 40 މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”...