ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި...