މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި
މިއަދު މެދުކަނޑާލި މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަން ފުނަދޫ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން އެކަން ހާމަކުރީ މިއަދު ހެނދުނު 11:28 ގައެވެ. އެއަށްފަހު މިރޭ 19:25 ގައި އެ ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތައް އެ ކުންފުނިން ފުނަދޫ އަށް ކުރަމުން އަންނަ ދަތުރުތައް ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި މައުލޫމާތު ލިބިފައިވާ ގޮތުގ...