Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް
Thiladhunmathi News

އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ހއ. އިހަވަންދޫގެ އެއްވެސް ރައްޔިތަކު އެހެން ރަށަކަށް ދަތުރު ނުކުރާކަކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން ވިދާޅުވި ގޮތުގައި އިހަވަންދޫއަކީ އެ އަތޮޅު ރަށްތަކުގެ ތެރެއިން ތަފާތު ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ރައްޔިތުން ދިރިއުޅޭ ރަށެވެ. ނަމަވެސް މިހާތަނަށް އުސޫލާ ހިލާފަށް އިހަވަންދޫގެ އެއްވެސް ރައްޔިތަކު ދަތުރު ނުކުރާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ކޯވިޑް-...

އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ ވެސް ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. އިތުރު 4 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 15 އަށް އަރާފައެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 356 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން  339 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ […]

އިހަވަންދޫން ޑޮކްޓަރަށް ދެއްކި 2 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

އިހަވަންދޫން ޑޮކްޓަރަށް ދެއްކި 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫގައި ބަލީގެ އަލާމަތް ހުރެގެން ޑޯކްޓަރަށް ދެއްކި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އިއްޔެ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ. އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ […]

އިހަވަންދޫން އިތުރު 2 ޕޮޒިޓިވް ކޭސް، ރެންޑަމް ސާމްޕަލެއް ހިމެނޭ
Thiladhunmathi News

އިހަވަންދޫން އިތުރު 2 ޕޮޒިޓިވް ކޭސް، ރެންޑަމް ސާމްޕަލެއް ހިމެނޭ

ހއ. އިހަވަންދޫން ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ހިމެނޭހެން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އަލަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ. އަނެއް މީހާއަކީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ޕޮޒިޓިވްވި މީހެކެވެ. މިއީ ކުޑަހުވަދޫ ކަލަސްޓާއާއި ކޮންޓެކްޓްވެގެން ސާމްޕަލް ނެގިފައިވާ މީހެއް ކަމަށް އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. މީގެއިތުރުން ރެންޑަމް ސާމްޕަލްތަކ...

އިހަވަންދޫ ބަންދުކޮށްފި
Thiladhunmathi News

އިހަވަންދޫ ބަންދުކޮށްފި

ހއ. އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް ބަންދުކުރީ މިއަދުގެ ހެނދުނު 8:25 އިން ފެށިގެންނެވެ. އިހަވަންދޫއަށް އަރާ ފޭބުން މަނާކޮށްފައި މިވަނީ ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ރޭ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ކުރިން އެރަށުން ޕޮޒިޓްވެފައި ވަނީ  ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކަމަށް މައުލޫމާތު ލިބިފަވެއެވެ. އިހަވަންދޫ މޮނިޓަރިންނަށް ހާލަތަށް ގެނެސްފައިވުމާއެކު، މޮނިޓަރިން ހާލަތުގައި އޮންނަ ރައ...

އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ
Thiladhunmathi News

އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އެގޮތުން 4 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެމްޓީސީސީން ހޯދަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާނެ ލޭބަރުންނާއި މޭސަނުންނާއި ކާޕެން...

އިހަވަންދޫއިން މަހާ ޖައްރާފަށް މަރުހަބާކީ ފަރިވަޅަކުން
Thiladhunmathi News

އިހަވަންދޫއިން މަހާ ޖައްރާފަށް މަރުހަބާކީ ފަރިވަޅަކުން

ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފު އެ ރަށަށް ބަނދަރުކޮށްފި އެވެ. މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް އިހަވަންދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވި އެވެ. އިހަވަންދޫ ރައްޔިތުން މަހާ ޖައްރާފަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ އެ ބޯޓުގެ ފަޅުވެރިންނަށް ފަރިވަޅެއް އަރުވައިފައެވެ. އިހަވަންދ...

HA Ihavandhoo land reclamation project commences
Thiladhunmathi News

HA Ihavandhoo land reclamation project commences

Maldives Transport and Contracting Company (MTCC)  started the land reclamation project in Ha Alif Atoll Ihavandhoo on Wednesday. The work began on Wednesday evening, and it will involve boundary wall and site construction. Ihavandhoo MP Mohammed Shifau,...

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެ ހަވީރުއެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިއުއްވާފައެވެ. އަދިއިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވާތީ ރ...

އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި
Thiladhunmathi News

އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގައި ޑެންގޫ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވާން އެރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމުކުރި ގޮތުގައި ޑެންގޫ ހުން ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ ދަންނަވާފައެވެ. މީގެއިތުރުން، މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރި އާލާވާގޮތަށް ރަށުގައި ހުރި ތަންތަން ބަލައި އެތަންތަން ރަނގަޅުކުރުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒާއި އެ ކައުންސިލާއި ގުޅިގެން ފަށާފައިވާ ވާހަކަވެސް ދެންނެވިއެވެ. މިގޮތުން، އާމިނާދިޔޯ ސިއްހީމަރުކަޒާއި ކަ...

އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި
Thiladhunmathi News

އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގެ ގިނައަދަދެއްގެ މީހުންނަށް ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމު ކުރިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ރަށުގެ ގިނަ ޢަދަދެއްގެ މީހުންނަށް މޮބައިލް ނަންބަރަކުން ފޯންކޯލްތައް ލިބަމުން އެބަދެއެވެ. އަދި މިކަމުގެ ޝަކުވާ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ވާކަމަށް އެސްޓޭޝަނުން އެކައުުންސިލަށް މައުލޫމާތުދީފާވާކަމަށް ފާހަގަކުރިއެވެ. ގޮތް ނޭނގޭ ނަންބަރުތަކުން އަންނަ މިފަދަ ކޯލްތަކަށް ސަމާލުވުމ...

އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. އިމަގުން އިސްނަގައިގެން އިހަވަންދޫގެ ކުޑަކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ފުރިހަމަ ގޮތުގައި ނަމާދު ކުރަން ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ދުއިސައްތައަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރި ވެފައެވެ. ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ 04 ޖުލައި 2021 ވ...

އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފު ކޮށްފި
Thiladhunmathi News

އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފު ކޮށްފި

ހއ. އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފުކޮށްފިއެވެ. އިހަވަންދޫ ރައްޔިތުން އެރަށު ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތެއްގައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫ ކައުންސިލާއި، އެރަށު ކްލަބް ޕޯލްސްޓަރ އަދި އެރަށު މަސްވެރިން އިސްނަގައިންނެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ “ސާފު މޫދާއި ގޮނޑުދޮށް” މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ޖޯޝް އިތުރުކުރުމަށްޓަކައި ވަ...

ފިއްލަދޫގެ 8 ޒުވާނުން އިސްވެ އެރަށު ރައްޔިތުންނަށް 24413 ރުފިޔާގެ މަސް ހަދިޔާކޮށްފި
Thiladhunmathi News

ފިއްލަދޫގެ 8 ޒުވާނުން އިސްވެ އެރަށު ރައްޔިތުންނަށް 24413 ރުފިޔާގެ މަސް ހަދިޔާކޮށްފި

ހއ. ފިއްލަދޫގެ 8 ޒުވާނުން އިސްނަގައިން އެރަށުގައި ދިރިއުޅޭރައްޔިތުންނަށް 24413 (ސައުވީސް ހާސް ހަތަރުސަތޭކަ ތޭރަ) ރުފިޔާގެ ތާޒާ ފިނިކުރިމަސް ހަދިޔާކޮށްފިއެވެ. އެ ޒުވާނުންތައް މިކަންކުރީ، މިމަހުގެ 16 ވަނަ ދުވަހު ފުލޫކުލިިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމައި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ފިއްލަދޫއިން މަސްލިބުން ދަތިވެފައިވާ ދުވަސްވަރެއްގަ އެވެ. މި މަސްތައް ވިއްކާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ އަތޮޅު އިހަވަންދޫގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމުގައިވާ “މަސްވެރި އިހަ...

އިހަވަންދޫ ބަނދަރުގެ ތޮށިލާން ބޭނުންވާ ކޮންކްރީޓް ބްލޮކުގެ ދެވަނަ ޝިޕްމަންޓު ގެނެސްފި
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ ތޮށިލާން ބޭނުންވާ ކޮންކްރީޓް ބްލޮކުގެ ދެވަނަ ޝިޕްމަންޓު ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކުރީޓު ބްލޮކުގެ ދެވަނަ ޝިޕްމެންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރުމަށްހަމަޖެހިފައި ވަކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 284 [...