Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ
Thiladhunmathi News

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...

އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ
Thiladhunmathi News

އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގައި ހުރި ބެލެނިވެރިންގެ ހިޔާ ނެގުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އިހަވަންދޫ ސްކޫލުގެ ހުޅަނގުފަރާތުގައި ހަދާފައިވާ ބެލެނިވެރިންގެ ހިޔާ ނެގުމަށް ނިންމީ، ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދާތީ ކަމަށެވެ. މީގެއިތުރުން އެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައ...

އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި
Thiladhunmathi News

އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ. އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ. ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު […]

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: 293 ވޯޓުގެ ތަފާތަކުން އިހަވަންދޫ ދާއިރާގެ ރައީސްކަމަށް މިސްބާހު
Thiladhunmathi News

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: 293 ވޯޓުގެ ތަފާތަކުން އިހަވަންދޫ ދާއިރާގެ ރައީސްކަމަށް މިސްބާހު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. އިހަވަންދޫ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން މުހައްމަދު މިސްބާހު ކާމިޔާބު ކުރައްވައިފި އެވެ. މިސްބާހް މިމަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މިސްބާހް 573 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 280 ވޯޓެވެ. މިދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ. އިހަވަންދޫ ދާއިރާގައި 4 ވޮޓުފޮއްޓެއް ބަހައްޓާފައިވާއިރު  ޖުމްލަ 6...

އިހަވަންދޫ އިމަގުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާ، ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެނީ
Thiladhunmathi News

އިހަވަންދޫ އިމަގުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާ، ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާއި، ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭން ނިންމައިފިއެވެ. އިމަގު ޖަމްޢިއްޔާއަށް މި އަހަރުގެ ޖޫން މަހު ފަންސަވީސް އަހަރު ފުރިފައިވާއިރު، އެ ޖަމްޢިއްޔާއަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބާއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އިހަވަންދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް މިހާރު ހުރި ފެސިލިޓީސް މަދުވުމުގެ ސަބަބުން އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އިމަގުން އިސް ނަގައިގެން އެ […]

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅު...

އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް
Thiladhunmathi News

އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް

ހއ. އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެރަށުގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ އެބަހުއްޓެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ފެށި ހަރަކ...

އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ
Thiladhunmathi News

އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ

ހއ.އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުގައި އޮތް 1600 އަކަފޫޓުގެ ހަތަރު ބިމެވެ. މި ހަތަރު ބިން ހަ މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މިކަން އާންމުކޮށް 02 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ލޮނުމަސް […]

އިހަވަންދޫ މޮނިޓަރިން އުވާލައިފި
Thiladhunmathi News

އިހަވަންދޫ މޮނިޓަރިން އުވާލައިފި

ހއ. އިހަވަންދޫ މޮނިޓަރިން އުވާލައިފި އެވެ. ހުސްވި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ، އެމީހުންނާ ޑައިރިކްޓް ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް […]

އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އަރައިފި
Thiladhunmathi News

އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އަރައިފި

އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދަދު 22 އަށް އަރައިފިއެވެ. ކުޑަހުވަދޫ ކްލަސްޓާއަށްފަހު މިހާތަނަށް 22 މީހަކު އެރަށުން ޕޮޒިޓިވްވިއިރު 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 655 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 540 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 93 އެވެ. އިހަވަންދޫން ބަ...

އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައިވާ ކުޑަހުވަދޫ ކްލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ […]

އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 2 މީހުންނަކީ ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ […]