ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި
ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތ...