ބާރަށް ހިމެނޭހެން ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރަން ހަވާލުކޮށްފި
ހއ. ބާރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމާއެކު 3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރަން ހަވާލުކޮށްފިއެވެ. ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ބާރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ ލައިކަންސް އިންވެސްޓްމަންޓާއެވެ. 110 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހަތަރުމިލިއަން ހަލައްކަ ދެހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްލާރިއަށެވެ. ލ. ފޮނަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުން ހަވާލުކޮށް...