ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
އީރާނުގެ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑަށް އިސްރާއީލުން މިރޭ ދިން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހަކަތައިގެ ދާއިރާއަށް ވަރަށް މުހިންމު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް މިރޭ އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑްގައި އިސްރާއީލުން ހަމަލާދި...