ސްކޭމް އިތުރުވެފައިވާއިރު ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ، ޒިންމާ ނަގަން ޖެހިދާނެ!
ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭކަމަށާއި، އެ މެދުވެރިކޮށް ސްކޭމްތަކެއް ހިންގަމުންދާތީ އެކަމުގެ ޒިންމާ ނަގަން ޖެހިދާނެ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް އަންގައިފިއެވެ. އެންޓި-ސްކޭމް ސެންޓަރުން ދެއްވި އިރުޝާދުތަކުގައި، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސިމް ކާޑުތައް ޔަގީންކުރުމަށް އަންގަވާފައިވެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ބޭނުން ނުކުރާ ސިމް ކާޑެއް އޮތްނަމަ، އޭގެ ޚިދުމަތް ވަގުތުން ކަނޑާލުމަށ...