ކައުންސިލް އިންތިހާބަށް ފަހިކުރަން، ޕީއެންސީގެ ވަފުދެއް ހދ.އަތޮޅަށް
އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ. މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓ...