އިތުރުވަގުތު ކުޅެ މޮޅުވެގެން ޗެލްސީއާއި ޕަލްމެއިރާސް ކުއާޓާއަށް
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޗެލްސީއާއި ޕަލްމެއިރާސް އިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގަދަ 16 ބުރުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ބްރެޒިލްގެ ދެ ޓީމްކަމަށްވާ ބޮޓަފޯގޯއާއި ޕަލްމެއިރާސްއެވެ. މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް އޮތީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެފާހް ކުޅެން ޖެހުނުއިރު މެޗުގައި ޕަލްމެއިރާސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، […]