އުއްތަމަ ފަނޑިޔާރު ހޯމަ ދުވަހު ރިޓަޔާ ކުރައްވަނީ
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވުމުން އަންނަ ހޯމަ ދުވަހުން ފެށިގެން މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް އިނާޔަތް ލިބިވަޑައިގަންނަވާނެ އެވެ. އުއްތަމަ ފަނޑިޔާރަކަށް ޑިސެމްބަރު 2019 ގައި މުއުތަސިމް...