ފާޑުކިޔުންތަކަށް ކެތް ނުކުރެވިގެން ބޭޒާރުވި ސީއީއޯ އިސްތިއުފާދީފި
އެސްޓްރޮނޮމަރގެ ސީއީއޯ އެންޑީ ބައިރޮން، ކޯލްޑްޕްލޭ ކޮންސަޓެއްގައި އެ ކުންފުނީގެ މުވައްޒަފަކާއެކު ގައިގޯޅިކޮށް ތިބޭ ވީޑިއޯއެއް ވައިރަލްވުމާ ގުޅިގެން އޭނާގެ މަޤާމުން އިސްތިއުފާދީފިއެވެ. އެސްޓްރޮނޮމަރގެ ބޯޑް އޮފް ޑައިރެކްޓަރުން ބައިރަންގެ އިސްތިއުފާ ބަލައިގަނެ، އައު ސީއީއޯއެއް ހޯދުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ. ބައިރަންގެ ވީޑިއޯ ވައިރަލްވުމާ ގުޅިގެން، އޭނާ އެކަމާ ގުޅޭގޮތުން ދީފައިވާކަމަށް ބުނާ ބަޔާންތަކެއް އިންޓަނެޓްގައި ދައުރުވާން ފ...