މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ކުޑަފަރީގަައި އައު ސިއްހީ މަރުކަޒެއް
ނ. ކުޑަފަރީގަައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، އެ އަތޮޅު މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދެ ކުންފުންޏަކާ މިރޭ ހަވާލުކޮށްފިއެވެ. މިގޮތުން ހެލްތް މިނިސްޓްރީން މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓ...