އިނގިރޭސިވިލާތުގެ ފުރަތަމަ މުސްލިމް އަންހެން ހޯމް ސެކްރެޓަރީއަކަށް ޝަބާނާ މަޙްމޫދު
އިނގިރޭސިވިލާތުގެ އަދުލު އިންސާފާއި ބެހޭ ސްޓޭޓް ސެކްރެޓަރީ އަދި ލޯޑް ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޝަބާނާ މަޙްމޫދު އެ ޤައުމުގެ ހޯމް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކޮށްފިއެވެ. ޝަބާނާ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ 5 ސެޕްޓެމްބަރު 2025 ގައި އޭނާގެ ކެބިނެޓަށް ގެންނެވި ބަދަލުގެތެރެއިންނެވެ. މި ބަދަލުތައް ގެންނެވީ ނައިބު ބޮޑުވަޒީރު އެންޖެލާ ރޭނަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަބާނާ މަޙްމޫދު ހޯމް ސެކްރެޓަރީގެ މުހިންމު މަޤާމަށް އައްޔަންކުރެއްވުމުން އޭނާ...