ކުޅުދުއްފުށީގައި ތަރައްޤީ ކުރާ މަސްބާނާ ފާލަމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލުހޯދުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް
ކުޅުދުއްފުށި ސިޓީގައި މަސްބޭނުމަށް ފާލަމެއް ތަރައްޤީކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ މި މަޝްވަރާ ބައްދަލުވުމަށް ސްޕޯޓްސް ފިޝިންގ އަދި މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ. އެގޮތުން 11 ސެޕްޓެމްބަރ 2025 (މިރޭ) މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކުޅުދުއްފުށީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ...