ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތުގެ ތަފްޞީރު: ދައްޖާލުގެ ފިތުނައިން ރައްކާތެރިވާނެ!
އަލްކަހްފު ސޫރަތަކީ ޤުރުއާނުގެ 18 ވަނަ ސޫރަތެވެ. މި ސޫރަތުގެ މާތްކަމާއި ބަރަކާތްތެރިކަން ވަރަށް ބޮޑެވެ. ޚާއްޞަކޮށް މި ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ކިޔެވުމުގެ މާތްކަން ވަރަށް ބޮޑެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެގެންވެއެވެ. މީގެ އިތުރުން، ހުކުރު ދުވަހު އަލްކަހްފު ސޫރަތް ކިޔެވުމަކީ ވަރަށް މާތް ޢަމަލެކެވެ. މި ސޫރަތް ކިޔަވާ މީހާއަށް ދެ ހުކުރުގެ ދެމެދުގައި ނޫރެއް ލެވޭނެކަމަށް ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ. އަދި މި ސޫރަތް ކިޔެވުމުގެ ސަބަބުން ފާފަތައް ފުއްސެވޭނެ […]