ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް
ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. އެ ހަރަކާތާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެއީ “ވޯލްޑް އެންވަޔަރަމަންޓް ޑޭ 2025” އާއި “ވޯލްޑް ކްލީނަޕް ޑޭ 2025 ” އާއި “އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2025” ފާހަގަކުރުމަށާއި އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ގޭމްސް ފެށުމަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކާއި ގުޅިގެންނެވެ....