ބަންގްލަދޭޝްގެ މައި ވައިގެބަނދަރުގައި އަލިފާން ރޯވެ އަނދަނީ
ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ އެ ގައުމުގެ މައި ވައިގެބަނދަރު، ހަޒްރަތު ޝާހްޖަލާލް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ކާގޯ ސެކްޝަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ހުރިހާ ފްލައިޓްތަކާއި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ. އެ އެއާޕޯޓްގެ ފަޔަރ ސަރވިސްގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ވަކިން ޚާއްޞަކޮށް އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައެވެ. މި ސަރަޙައްދުން ބޯ ދުން އުފެދި...