ޖައްވީ ކުރިމަތިލުމެއް؟ ރަޝިޔާގެ ސެޓެލައިޓެއް އެމެރިކާގެ ސެޓެލައިޓަކަށް ފާރަލަނީ!
ޖައްވުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސެޓެލައިޓަކާ ގާތަށް، ވަކި ސަބަބެއް އެނގިފައި ނުވާ ގޮތެއްގައި ރަޝިޔާގެ ސެޓެލައިޓެއް ކައިރިވަމުންދާތީ ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ. ދިފާއީ ދިރާސާވެރިން “ސްޕޭސް ސްޓޯކިންގ” ނުވަތަ “ރޮންޑެވޫ އެންޑް ޕްރޮކްސިމިޓީ އޮޕަރޭޝަންސް” (އާރްޕީއޯ) ގެ ގޮތުގައި ސިފަކުރާ މިފަދަ ހަރަކާތްތަކަކީ ޖައްވީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވެން ފަށައިފަ އެވެ. މިގޮތަށް އެހެން ސެޓެލައިޓުތަކާ ކައިރ...