ކުޑަ ކުދިންތަކެއް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރަން: ފުލުހުން
އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުންގެ ޚިދުމަތުން ރޭ ބުނެފިއެވެ. ފުލުހުން މިކަން ހާމަކުރީ އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކަކާމެދު ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ފެންމަތިވެފައި ވަނިކޮށް، އެކަމާ ގުޅޭ މައުލޫމާތު ދެމުންނެވެ. އެމައުލޫމާތު ދެމުން ރޭ މެންދަމު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ...