ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމެއް
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމް އިއްވާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި ހާދިސާ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓ...