އަރުހަމްގެ މައްސަލާގައި ސިއްރު ހެކި "އޮޅިގެން" ހާމަކުރެވިއްޖެ
ޖޫން، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ދައުލަތަށް އޮޅިގެން ހާމަކުރެވިފައިވާ ކަން ހާމަ ވެއްޖެއެވެ. އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ހަތަރު މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު […]