އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށާއި، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަޤީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެހެން ބުނީ ހުޅުމާލޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ އަންހެނަކު ކަރަންޓީނު ކުރެވިފައިވާކަމަށް ދެ...