ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ކުޅުދުއްފުށި ސިޓީގައި ފަށަނީ
ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް މޯލްޑިވްސް ސުވިމިން ސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ. 10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެ...