ދިރިއުޅެމުން ގެންދާ ދާއިރާއަށް ވޯޓް ނުދެވުމުގެ ސަބަބުން މާނަވީ މަންދޫބުން ނެތުން!
ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވާއިރު، އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމިއޮތުމަށް އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތުމެވެ. ރައްޔިތުންގެ ފަރާތުން ބަސްބުނާނޭ ރައްޔިތުން ޚިޔާރުކުރާ މަންދޫބުންތަކެއް މުޖުތަމަޢު އަދި ރަށު ފެންވަރުގައި ތަމްސީލްކުރާގޮތައް ހަމަޖެހިގެން ދިޔުމަކީ ޑިމ...