ރަނގަޅު ނަތީޖާ ބޭނުންނަމަ މުވައްޒަފުން ހިތް ހަމަޖައްސައިދީ!
ކޮންމެ ކުންފުންޏެއް، އޮފީހެއް ނުވަތަ އެނޫންވެސް މަސައްކަތުގެ ދާއިރާ ނިސްބަތްވާ ތަނެއްގެ ކުރިއެރުމާއި، ކާމިޔާބު ނުވަތަ ނާކާމިޔާބީގެ އަސްލަކަށްވެފައި އޮންނަނީ އެތަނެއްގެ މުވައްޒަފުންނާއި މެދު އަމަލު ކުރެވޭ ގޮތުން ނުކުންނަ ނަތީޖާއެވެ. އެފަދަ ތަންތަނަކީ ކާމިޔާބު، ރަނގަޅު ނަތީޖާ ހާސިލްކުރާ އަދި ކަނޑައަޅާފައިވާ ލަނޑު ދަނޑިތަކަށް ވާސިލްވާ ތަންތަނަށްވާނީ ވެރިން މުވައްޒަފުންނާއި މެދު ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ގޮތްތަކުގެ ސަބަބުން ނުކުންނަ ނަތީޖާއަކުންނެވެ. ފުރަތަމަވެސް އެތަނެއްގެ އެންމެ މުހިންމު ރައު...