އަސްރާގެ ހާލު ސީރިއަސްވެ ޔޫކޭގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި - އެދެނީ އެހީ ތެރިކަމަށް!
ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހަދަން ޖެހި ފުރާނައާއި ހަނގުރާމަ ކުރަމުންދާ އަސްރާގެ ހާލު ދެރަވެ އޫކޭގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ. ޔޫކޭގެ ހާރފީލްޑް ހޮސްޕިޓަލުގައި އިއްޔެ ހެނދުނު އެޑްމިޓްކޮށްފައިވަނީ އަސްރާގެ ހާލު ސީރިއަސްވެ ޑރ އަށް ދައްކަން ދިއުމުންނެވެ. އަސްރާގެ ފިރިމީހާ ޔާސިރު އަޙްމަދު ޔޫކޭގައި ހުރެ ވާހަކަ ދައްކަމުންބުނީ މޫނު ދުޅަވެ، ނޭވާލާން އުންދަގޫވެ، ވަރުބަލިކަން އިހުސާސް ކުރެވި މެޔަށް ތަދެއް އަރާފައި ހުރުމުން ޑރ އަށް ދެއްކުމަށް ހޮސްޕިޓަލަށް ދިއުމުން ވަގުތުން އެމަޖެންސީގައި...