ކޯވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަރުދަނާ ފިޔަވަޅުތަކެއް
ކޯވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ން ދެމުންދާ ހިދުމަތްތަކަށާއި އުސޫލުތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި އެވެ. ކޭއާރުއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށީގައި އުފައްދާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯސް އަދި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ. ހޮސްޕިޓަލުން އަޅާފައިވާ ބައެއް ފި...