ވެމްކޯގެ ޚިދުމަތްތައް އަލުން ފަށަނީ
ކޯވިޑް-19 އަށް މާލެ ތެރޭން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މެދުކަނޑާލި ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް މިއަދު ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙުމަދު ޝާފިޢު ވިދާޅުވީ، މާލޭގެ ހާލަތަށް އައިސްފައިވާ ބަދަލާގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ކުއްލިއަކަށް ކުނި ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތްނަމަވެސް މިއަދުގެ މެންދުރު ފަހުން ފެށިގެން އެ ޚިދުމަތް ފަށާނެކަމަށާއި، ނަމަވެސް ޢާއްމުން ސަމާލުކަން ދޭންޖެހ...