އިތުރު ދެ ކަރަންޓީނު ފެސިލިޓީ ހަމަޖައްސައިފި
ކޯވިޑް-19 އާއި ގުޅިގެން މިހާރު ބޭނުން ކުރަމުންދާ ކަރަންޓީން ފެސިލިޓީސްތަކުގެ އިތުރުން، ދެ ކަރަންޓީނު ފެސިލިޓީއެއް އަލަށް ހަމަޖައްސައިފާ ވާކަމަށް ސަރުކާރުން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީސްގެ ގޮތުގައި އިތުރު ދެ ރިސޯޓު ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހަމަޖެއްސި ދެ ރިސޯޓަކީ ކަނޑިންމަ މޯލްޑިވްސްއާއި، އިރުފުއްޓެވެ. ކަރަންޓީ...