މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި
15 އެޕްރީލް 2020 އިން ފެށިގެން މާލެއިން، ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ނުވަތަ ގުޅިފަޅުން، ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައި ވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވާން އެޗްޕީއޭއިން އަންގައިފިއެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންގުމުގައި ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާ...